އިމިގްރޭޝަން މޯލްޑިވްސްއިން މިއަދު (8 އޭޕްރީލް 2025) އިން ފެށިގެން ރަސްމީ މަސައްކަތު ގަޑި ބަދަލުކޮށްފިއެވެ. މިހާރު އިމިގްރޭޝަނުން ރަސްމީ މަސައްކަތު ގަޑީގެ ގޮތުގައި ހަމަޖައްސާފައިވަނީ ހެނދުނު 8 އިން މެންދުރުފަހު 2 އަށެވެ.
މިހާތަނަށް އިމިގްރޭޝަނުން ރަސްމީ ގަޑީގެ ގޮތުގައި ޚިދުމަތް ފޯރުކޮށްދެމުން އައީ ހެނދުނު 8 އިން ހަވީރު 4 އަށެވެ. ނަމަވެސް އިއްޔެ ނެރުނު އިޢުލާނެއްގައި އިމިގްރޭޝަނުން ބުނެފައިވަނީ ރަސްމީ މަސައްކަތު ގަޑި އެހެން ސިވިލް ސަރވިސް އިދާރާތަކެކޭ އެއްގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
އިމިގްރޭޝަނުން އިތުރަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، ރަސްމީ މަސައްކަތު ގަޑިއަށް ބަދަލު ގެނެސްފައިވީ ނަމަވެސް، މިހާރުވެސް ޚިދުމަތް ދެމުންގެންދާ ގަޑިތަކުގައި ޚިދުމަތްތައް ޢާންމުންނަށް ލިބޭނެ ކަމަށެވެ.
ޕާސްޕޯޓާ ގުޅޭ ޚިދުމަތްތަކަށް އެއްވެސް ހުރަހެއް ނޭޅޭނެހެން ގަޑިތައް ރާވާފައިވާ ކަމަށާއި، ރަސްމީ މަސައްކަތު ގަޑި ކުރުވިޔަސް، ޢާންމުންނަށް ޕާސްޕޯޓް ލިބުމުގައި އެއްވެސް ދަތިކަމެއް ނުވާނެ ކަމުގެ ޔަޤީންކަން އިމިގްރޭޝަނުން ދީފައިވެއެވެ.
ސަރުކާރުގެ ޔުނީފޯމް ބޮޑީތަކުގެ ތެރެއިން ސިވިލް ސަރވިސްގެ ދާއިރާގެ ތެރޭގައި މިވަގުތު ހިންގަމުންދަނީ އިމިގްރޭޝަން އެކަންޏެވެ.