ރާއްޖޭގައި މަތީ ތަޢުލީމުގެ 500 ލޯނު ފުރުޞަތު ކުރިމަތި ލުމުގެ އެންމެ ފަހު ތާރީޚަކީ އޭޕްރީލް 30

ރާއްޖޭގައި މަތީ ތަޢުލީމުގެ 500 ލޯނު ފުރުޞަތު ކުރިމަތި ލުމުގެ އެންމެ ފަހު ތާރީޚަކީ އޭޕްރީލް 30

ގުޅުންހުރި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ދަރިވަރުންނަށް އަމާޒުކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔެވުމަށް ސްޓޫޑަންޓް ލޯނު ސްކީމު އަލުން ހުޅުވާލައިފިއެވެ.

މިފަހަރު ކުރިއަށްގެންދާ ލޯނު ޕްރޮގްރާމުގެ ދަށުން ޑިޕްލޮމާ ލެވެލްއިން ފެށިގެން ޕީއެޗްޑީ ހާސިލުކުރުމާ ހަމައަށް ކިޔެވުމަށް 500 ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި މި ފުރުޞަތުތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މިއަހަރުގެ އޭޕްރީލް 30 ވާ ބުދަ ދުވަހުގެ 13:30 ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

އެޕްލިކޭޝަން ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން، "މައިއެޑިޔު" އޮންލައިން ޕޯޓަލް މެދުވެރިކޮށް ބޭނުންވާ ލިޔެކިޔުންތަކާއެކު އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ. ނަމަވެސް ކޮންމެ ދަރިވަރަކަށްވެސް ހުށަހެޅޭނީ އެންމެ އެޕްލިކޭޝަނެއް ކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ. އަދި އެއަށްވުރެ ގިނައިން ހުށަހަޅައިފިނަމަ ނުވަތަ އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ އެ ފަރާތެއްގެ އެޕްލިކޭޝަން ބާޠިލުވާނެކަން ވުޒާރާއިން އަންގާފައިވެއެވެ.

މި ލޯނު ސްކީމުގެ ދަށުން ހުށަހަޅާ އެޕްލިކޭޝަންތަކުގެ ސްޓޭޓަސް، "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް ދަރިވަރުންނަށް ބެލޭނެއެވެ. މިގޮތުން އެޕްލިކޭޝަންތައް ހުށަހެޅުމުން، ޗެކްކުރުމަށްފަހު އެކި މަރުހަލާތަކުގައި ސްޓޭޓަސްތައް ބަދަލުވަމުންދާނެއެވެ. އެއީ ހުށަހެޅުމުން ލިބުނުކަން ދެނެގަތުމާއި، ފުރިހަމަ ނުވަތަ ފުރިހަމަނޫންކަން އެންގުމާއި، އަލުން ހުށަހެޅުމުން ލިބުނުކަން ދެނެގަތުމާއި، ނަތީޖާއަށް ހޮވުނުކަން ނުވަތަ ނުހޮވޭކަން އަންގައިދިނުން ހިމެނެއެވެ.

ވުޒާރާއިން ބުނިގޮތުގައި އެޕްލިކޭޝަންތައް ޗެކްކުރުމަށްފަހު، ޝަރުޠު ފުރިހަމަވާ ނަމަވެސް، ކަނޑައެޅިފައިވާ ޖާގައިގެ ތެރެއިން ހޮވޭ މިންވަރަށް ޕޮއިންޓް ލިބިފައިނުވާ ފަރާތްތަކަށް ލޯނުގެ ފުރުޞަތެއް ނުލިބޭނެއެވެ. އަދި ޝަރުޠު ފުރިހަމަނުވާ ފަރާތްތައް މި ލޯނު ފުރުޞަތަށް ނުހޮވޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ