ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ

Author
ހުސައިން
05 އޭޕްރިލް 2025 07:48
0

ރާއްޖޭގެ މައި ވައިގެ ބަނދަރު ކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބިދޭސީއެއްގެ އަތުން ވަޒަންތަކެއް ފެނުނު މައްސަލައެއް ތަޙްޤީޤުކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން އިއްޔެ ހާމަކޮށްފިއެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ދީފައިވާ މަޢުލޫމާތުގައި، ރޭގަނޑު އެއާޕޯޓުން ފުރަން އުޅުނު ބިދޭސީއެއްގެ އަތުން ވަޒަންތައް ފެނުނު ކަމަށާއި، ވަގުތުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފައިވެއެވެ.

މި ބިދޭސީ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމަށްފަހު، އިތުރަށް ތަޙްޤީޤު ކުރުމަށްޓަކައި 6 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ނަމަވެސް އެ ބިދޭސީ މީހާގެ އައިޑެންޓިޓީއާއި ޤައުމާއި، އޭނާގެ އަތުން ފެނުނު ވަޒަންތަކުގެ ބާވަތާއި އަދަދު ފަދަ މި މައްސަލައާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް މިވަގުތާ ހަމައަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.