މަސްދޯންޏެއްގެ ވަތަށްވެއްޓި ޒުވާނެއްގެ އަތް ބިނދިއްޖެ

މަސްދޯންޏެއްގެ ވަތަށްވެއްޓި ޒުވާނެއްގެ އަތް ބިނދިއްޖެ

Author
މުޙައްމަދު ޝަޒައިމް
01 ޖެނުއަރީ 2021 04:45
0

މަސްދޯންޏެއްގެ ވަތަށްވެއްޓި ޒުވާނެއްގެ އަތްބިނދިގެން އޭނާއަށް އަވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ކ.ކޮށްދިއްޕަރު ކައިރިން މަސްވެރިކަމުގައި އުޅުނު "ދޯދި" ނަމަކަށް ކިޔާ ދޯނީގައި ހުރި 20 އަހަރުގެ ޒުވާން ދިވެހި ފަޅުވެރިއަކު ދޯނީގެ ވަތުތެރެއަށް ވެއްޓި އަތް ބިންދައިގެން ގޮސް، އަވަސް ފަރުވާއަށް މާލެ ގަނެއައުމަށް މާލެ އޭރިޔާ ކޯސްޓް ގާޑުން ހަރަކަތްތެރިވަމުންދާކަމަށެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ16:9 ގައިކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.