ޔަމަނުގެ ޙުދައިދާއަށް އެމެރިކާއިން ދިން ހަމަލާތަކުގައި ހަތަރު މީހުން މަރުވެއްޖެ

ޔަމަނުގެ ޙުދައިދާއަށް އެމެރިކާއިން ދިން ހަމަލާތަކުގައި ހަތަރު މީހުން މަރުވެއްޖެ

Author
ހުސައިން
02 އޭޕްރިލް 2025 10:33
0

ޙޫތީންނާ ގުޅުންހުރި އަލް މަސީރާ ޓީވީން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޔަމަނުގެ ޙުދައިދާ ޕްރޮވިންސްގައި އެމެރިކާއިން ދިން ހަމަލާތަކުގައި މަދުވެގެން ހަތަރު މީހުން މަރުވެއްޖެއެވެ.

ޙޫތީންގެ ބާރުގެ ދަށުގައި އޮތް ސަރުކާރުން ބުނާގޮތުގައި، އަލް-މަންސޫރިއްޔާ ސަރަޙައްދުގައި ހުރި ފެން މެނޭޖުކުރާ ޢިމާރާތަށް އެމެރިކާއިން ވަނީ ހަމަލާ ދީފައެވެ.

މާރޗް 15 އިން ފެށިގެން އެމެރިކާއިން ޔަމަނަށް ދުވާލަކު ހަމަލާދެމުން ގެންދަނީ ޙޫތީން އިސްރާއީލާ ގުޅުންހުރި އުޅަނދުފަހަރަށް ރަތު ކަނޑުގައި އަލުން ހަމަލާދޭން އިންޒާރު ދިނުމާ ގުޅިގެންނެވެ. މިހަމަލާތަކުގައި 60 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ، އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

ހޫތީން ބުނެފައިވަނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކު ބަދަލު ހިފުމުގެ ގޮތުން، ސްރާއީލާ ގުޅުންހުރި އުޅަނދުފަހަރަށް ރަތު ކަނޑުގައި ހަމަލާދެމުންދާނެ ކަމަށާއި، އަދި އިސްރާއީލަށްވެސް ރޮކެޓް ހަމަލާ ދެމުންދާނެ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.