2022 އަހަރަކީ ފަތުރުވެރިކަމުގެ ރަން އަހަރުގެ ގޮތުގައި ފާހަގަ ކުރަން ނިންމާ، 2022 ވަނަ އަހަރަށް ހާއްސަ ކައުންޓްޑައުންއެއް މިއަދު ޓޫރިޒަމް މިނިސްޓަރީން ފަށައިފިއެވެ.
2022 އަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަން ޔޫބީލް އަހަރުކަމަށް ވާތީ، އެ އަހަރު ފާހަގަކުރުމަށް ނިންމާފައިވައި ވަނީ ފަތުރުވެރިކަމުގެ ރަން އަހަރުގެ ގޮތުގަ އެވެ.
މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް، ކުރިއަށް ގެންދާ މިކައުންޓްޑައުންގައި، ފަތުރުވެރިކަމުގެ ސިނާޢަތް ރާއްޖެއަށް ތަޢާރުފު ކުރެއްވުމުގައި އިސްކޮށް އުޅުއްވި ބޭބޭފުޅުންނާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ، މީގެ އިތުރުން ފާހަގަކޮއްލެވޭ ފަރާތްތަކުގެ ވީޑިއޯ މެސެޖްތައް 01 ޖަނަވަރީ 2021 އިން 31 ޑިސެންބަރ 2021 އަށް ފޮނުވުމަށް ހަމަޖެހިފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
"ފަތުރުވެރިކަމުގެ ރަންއަހަރު 2022 " ކައުންޓްޑައުން އިފްތިތާޙު ކޮށްދިނީ ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރޭގައި ހިމެނި، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ ބިންގާ އެޅުމުގައި މުހިއްމު ދައުރެއް އަދާކުރި އިޓަލީވިލާތުގެ ޖޯޖް ކޯބިންގެ ވީޑިއޯ މެސެޖަކުންނެވެ.
#364Days to #Golden2022
Golden Jubilee of Maldives Tourism #GeorgeCorbin – #Maldives Tourism Pioneer#2022GoldenYear #ރަންއަހަރު2022 #VisitMaldives pic.twitter.com/4huCEPcR8A— Ministry of Tourism (@MoTmv) December 31, 2020
ފަތުރުވެރިކަމުގެ ރަންއަހަރު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ހިންގާނެ ޙަރަކާތްތައް ރޭވުމުގެ މަސައްކަތްތައް ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ އެންމެހައި ފަރާތްތަކާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ކޮމެންޓު ފޮނުވާ