ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން މިސާލުޖެހުމަކީ ނާތަހުޒީބު ކަމެއް: ފައިސަލް ނަސީމް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން މިސާލުޖެހުމަކީ ނާތަހުޒީބު ކަމެއް: ފައިސަލް ނަސީމް

ގުޅުންހުރި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން މިސާލުޖަހައިގެން ސިޔާސީ ވާހަކަ ދެއްކުމަކީ ވަރަށް ނާތަހުޒީބު ކަމެއްކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި، ޑައުންސިންޑްރޯމް އަދި އޯޓިޒަމް ހުންނަ ކުދިންގެ ޙާލަތާ ގުޅުވައިގެން ސިޔާސީ ފަރާތްތަކާ މިސާލުޖަހައި ވާހަކަދެއްކުމާ ގުޅިގެންނެވެ. މި ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) އާއި ކުރީގެ ކާނަލް އަޙްމަދު ފަޔާޒް ޢަލީ ރިޒާ (ޕާޕާ ފަޔާޒް) ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަތަކާ ގުޅިގެން ފައިސަލް ނަސީމް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރެއްވިއެވެ.

ކުރީގެ ނައިބު ރައީސް ފައިސަލް ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރައްސާރަކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށާއި، މީހުންގެ ނުކުޅެދުންތެރިކަމަކީ އެއިން މިސާލު ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ޢަމަލުތަކަކީ ތަހުޒީބު މުޖުތަމަޢެއްގައި ބަލައިގަންނާނެ ކަމެއްވެސް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފައިސަލް ނަސީމް އިތުރަށް ވިދާޅުވެފައިވަނީ، އެފަދަ ޢަމަލުތަކުން އެނގެނީ، އޯޓިޒަމާއި ޑައުން ސިންޑްރޯމް ހުންނަ ކުދިންނާއި އެ ކުދިންގެ ޢާއިލާތަކުން ތަޙައްމަލުކުރާ ކަންކަން ރަނގަޅަށް އިޙްސާސްވެސް ނުކުރެވޭކަން ކަމަށެވެ. މިފަދަ ޙާލަތުގައި ތިބޭ ފަރާތްތަކަށް ލޯތްބާއި ކުލުނާއި އޯގާތެރިކަމާއި އިޙްތިރާމް އިސްކުރަންޖެހޭކަމަށްވެސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި މޮސްޓާ އަދި ޕާޕާ ފަޔާޒް ދެއްކެވި ވާހަކަތަކަށް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ