ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ތިން މީހަކު ހައްޔަރު ކޮށްފި

ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ތިން މީހަކު ހައްޔަރު ކޮށްފި

Author
ހުސައިން
21 މާރޗް 2025 12:32
0

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އަންހެނަކާއި ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި މީހުންގެ އަތުން ދެ ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދާފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރެވުނު އަންހެން މީހާއަކީ ކުރިން ސުޕީރިއާ ކޯޓެއްގައި މަސައްކަތްކުރި މުވައްޒަފެކެވެ. އޭނާ ކޯޓުގެ ވަޒީފާއިން ވަކިކުރެވިފައިވަނީ މައްސަލަތަކުގެ ލިޔުންތަކާއި ކޯޓުގެ ތައްގަނޑު އޮފީހުން ބޭރަށް ގެންދަން އުޅުނު މައްސަލައެއްގައެވެ.

ފުލުހުންގެ ތަޙުޤީޤަށް މި މައްސަލައިގައި ހައްޔަރުކުރެވުނު ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ތިން މީހުންގެ ބަންދަށް 15 ދުވަސް ނަގާފައެވެ.

މި މައްސަލަ ތަޙުޤީޤުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، މިފަދަ ބޮޑެތި މައްސަލަތަކާމެދު ސަރުކާރުން ހަރުކަށި ފިޔަވަޅު އަޅާނެކަމަށް އިސް ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.