ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ނަމުގައު މޯލްޑިވިއަން އައު ޓިކެޓް ކްލާހެއް ތަޢާރަފްކޮށްފި

ޕްރިމިއަމް އިކޮނޮމީ ކްލާހުގެ ނަމުގައު މޯލްޑިވިއަން އައު ޓިކެޓް ކްލާހެއް ތަޢާރަފްކޮށްފި

ގުޅުންހުރި

ދިވެހިންގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް "ޕްރިމިއަމް އިކޮނޮމީ" ގެ ނަމުގައި އައު ޓިކެޓް ކްލާހެއް ތަޢާރަފްކޮށްފިއެވެ. މިއީ އެތެރޭގެ ދަތުރުތަކުގައި ދަތުރުވެރިންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިކޮށް، އިތުރު ޢިނާޔަތްތަކެއް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތެކެވެ.

މި އައު ކްލާހުގެ ޚިދުމަތް ތަޢާރަފްކޮށްފައިވަނީ މޯލްޑިވިއަންގެ ފްލީޓްގައި ހިމެނޭ އޭޓީއާރު އަދި ޑޭޝް އުޅަނދުތަކަށެވެ. މީގެ ކުރިން އެތެރޭގެ އުދުހުންތަކަށް ވިއްކަމުން އައީ ހަމައެކަނި އިކޮނޮމީ ކްލާހުގެ ޓިކެޓްތަކެވެ.

ޕްރިމިއަމް އިކޮނޮމީ ކްލާހުން ދަތުރުވެރިންނަށް ލިބޭނެ ޚާއްޞަ ފައިދާތަކުގެ ތެރޭގައި 25 ކިލޯގެ ލަގެޖް ހިމެނެއެވެ. އަދި އިތުރު ޚާއްޞަ ޢިނާޔަތެއްގެ ގޮތުން، އެއްފަހަރު ހިލޭ ފުރާ ދުވަސް ބަދަލުކުރުމުގެ ފުރުޞަތުވެސް ލިބޭނެއެވެ.

ޕްރިމިއަމް އިކޮނޮމީގެ ޓިކެޓް އަގުތައް (އެއްކޮޅަށް)

  • މާލެ – ފުވައްމުލަށް: 2،199 ރުފިޔާ
  • މާލެ – އައްޑޫ ސިޓީ ގަން: 2،227 ރުފިޔާ
  • މާލެ – ހަނިމާދޫ: 1،998 ރުފިޔާ
  • މާލެ – ކާޑެއްދޫ: 2،233 ރުފިޔާ
  • މާލެ – ކުޅުދުއްފުށި ސިޓީ: 1،998 ރުފިޔާ
  • މާލެ – މާފަރު: 1،918 ރުފިޔާ

މި އައު ޚިދުމަތަކީ ދަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށާއި، އެކި ބޭނުންތަކަށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ ފަރާތްތަކަށް އިތުރު ޚިޔާރުތަކެއް ލިބިދިނުމަށް ކުރެވޭ މަސައްކަތެއްކަމަށް މޯލްޑިވިއަންއިން ފާހަގަކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ