މާދަމާ ފުރިހަމަ ހަނދުކޭތަ ހިފާއިރު ރާއްޖެއަށް ނުފެންނާނެ

މާދަމާ ފުރިހަމަ ހަނދުކޭތަ ހިފާއިރު ރާއްޖެއަށް ނުފެންނާނެ

Author
ހުސައިން
13 މާރޗް 2025 11:26
0

މާދަމާ މުޅި ދުނިޔެއަށް ފުރިހަމަ ހަނދުކޭތަ ހިފާނެ ކަމަށް ފަލަކީ އިލްމުވެރިން ބުނެފައިވާއިރު، މި ހަނދުކޭތަ ރާއްޖެއިން ފެންނަން ނެތްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީސް) ހާމަކޮށްފިއެވެ.

މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ހަނދުކޭތައެވެ. މި ކޭތައިގެ ސަބަބުން ހަނދު ފުރިހަމައަށް އަނދިރިވެގެންދާނެއެވެ. މި ބާވަތުގެ ހަނދުކޭތައެއް އުފެދެނީ ބިމުގެ ހިޔަނި ހަނދުގެ މައްޗަށް އެޅުމުންނެވެ.

ފަލަކީ ހިސާބުތަކުން ދައްކާގޮތުން މި ހަނދުކޭތައިގެ މެގްނިޓިއުޑަކީ 1.17 އެވެ. މިއިން ދޭހަކޮށްދެނީ ހަނދު ވަރަށް ބޮޑަށް އަނދިރިވެގެންދާނެކަމެވެ.

ހަނދުކޭތަ ހިފަނީ ދުނިޔެ އޯބިޓް ކުރުމުގެ ތެރޭގައި ހަނދާއި އިރާ ދެމެދަށް ދުނިޔެ ވަނުމުގެ ސަބަބުން، ދުނިޔޭގެ ހިޔަނި ހަނދަށް އެޅިގެންނެވެ.

ނަމަވެސް، މާދަމާގެ ފުރިހަމަ ހަނދުކޭތަ ރާއްޖެއަށް ނުފެނުނު ކަމުގައިވިޔަސް، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ހިފާނެ ފުރިހަމަ ހަނދުކޭތަ ރާއްޖެއިން ފެންނާނެކަމަށް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.