ހާފިޒުން ދަސްވެނިވުމަށް ފުރަތަމަ ހަފްލާ "27 ވިލޭރޭ" ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި

ހާފިޒުން ދަސްވެނިވުމަށް ފުރަތަމަ ހަފްލާ "27 ވިލޭރޭ" ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި

ގުޅުންހުރި

ޤުރުއާން ހިތުދަސްކޮށްގެން ހާފިޒު ކަމުގެ ސަނަދު ހޯދާ މީހުން ދަސްވެނިވުމަށް ޚާއްސަ ހަފްލާއެއް ފުރަތަމަ ފަހަރަށް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރޯދަމަހުގެ 27 ވަނަ ދުވަހުގެ ވިލޭރޭއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވެފައިވަނީ މި ހަފްލާގައި 20 އާއި 25 އާ ދެމެދުގެ އަދަދެއްގެ ހާފިޒުން ދަސްވެނިވާނެ ކަމަށެވެ.

މީގެ ކުރިން ހާފިޒުން ދަސްވެނިވުމަށް ޚާއްސަ ހަފްލާއެއް ބާއްވާފައިނުވާއިރު، ދަސްވެނިވާ ހާފިޒުންނަށް އިނާމާއި މެޑަލް ދެމުން އައިސްފައިވަނީ ގައުމީ ދުވަހާއި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވޭ ރަސްމިއްޔާތުތަކުގައެވެ. ނުވަތަ އެހެނިހެން އެކިއެކި މުނާސަބަތުތަކާ ގުޅުވައިގެން ބާއްވާ ޖަލްސާތަކުގައެވެ.

މިނިސްޓަރު ޝަހީމް މީގެ ކުރިން ވަނީ ހާފިޒުން ދަސްވެނިވާ ހަފްލާ ކުލަގަދަކޮށް، ގައުމީ ފެންވަރުގައި ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މިއީ ރާއްޖޭގައި މިފަދަ ހާއްސަ ހަފްލާއެއް ބޭއްވޭ ފުރަތަމަ ފަހަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ