އަންހެނުންގެ ތެރެއިން އެންމެ ގިނަ މީހުން ރާއްޖޭގައި މަސައްކަތް ކުރަނީ ނަރުހުންގެ ގޮތުގައި 

އަންހެނުންގެ ތެރެއިން އެންމެ ގިނަ މީހުން ރާއްޖޭގައި މަސައްކަތް ކުރަނީ ނަރުހުންގެ ގޮތުގައި 

ގުޅުންހުރި

ތަފާސްހިސާބުތަކާއި ބެހޭ އިދާރާއިން ނެރުނު އެންމެ ފަހުގެ ރިޕޯޓުން ދައްކައިދެނީ، ރާއްޖޭގައި އަންހެނުން އެންމެ ގިނައިން ހަރަކާތްތެރިވަނީ ޞިއްޙީ ދާއިރާއެއްކަމުގައިވާ ނަރުހުންގެ ގޮތުގައި ކަމަށެވެ. އަންހެނުންގެ ދުވަހާ ގުޅުވައިގެން ޢާންމުކުރި މި ތަފާސްހިސާބުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ނަރުހުންގެ 90.6 އިންސައްތައަކީ އަންހެނުންނެވެ.

2022 ވަނަ އަހަރުގެ ބޯހިމެނުމުގެ މަޢުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގައި 188,077 ދިވެހި އަންހެނުން ދިރިއުޅެމުންދާއިރު، 15,061 ބޭރު ޤައުމުތަކަށް ނިސްބަތްވާ އަންހެނުން ރާއްޖޭގައި ދިރިއުޅެމުން ގެންދެއެވެ.

ދިވެހިރާއްޖޭގައި ދިރިއުޅޭ އަންހެނުންގެ 49.3 އިންސައްތައަކީ 15 އަހަރާއި 64 އަހަރާ ދެމެދުގެ އަންހެނުންނެވެ. މިއީ އާންމުކޮށް މަސައްކަތުގެ މާހައުލުގައި ޙަރަކާތްތެރިވާ އުމުރުފުރައެވެ. އަދި 48.8 އިންސައްތައަކީ 65 އަހަރުން މަތީގެ އަންހެނުންނެވެ.

ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުން، ރާއްޖޭގެ އަންހެނުންގެ 53 އިންސައްތަ ވަޒީފާއެއްގައި އުޅޭއިރު، 6.2 އިންސައްތަ އަންހެނުން އުޅެނީ ވަޒީފާއެއް ނެތިއެވެ. ޒުވާން އަންހެނުންގެ ތެރެއިން 6.9 އިންސައްތަ އަންހެނުން ވަޒީފާއެއްގައި ނޫޅޭކަން ތަފާސްހިސާބުތަކުން ދައްކައެވެ.

އެހެނިހެން ދާއިރާތަކަށް ބަލާއިރު، ޓީޗަރުންގެ ގޮތުގައި 76 އިންސައްތަ އަންހެނުން މަސައްކަތްކުރާއިރު، ސިވިލް ސަރވިސްގައި 65.8 އިންސައްތަ އަންހެނުން މަސައްކަތްކުރެއެވެ. ޑޮކްޓަރުންގެ ގޮތުގައި 38.4 އިންސައްތަ އަންހެނުން މަސައްކަތްކުރާއިރު، ޕްރޮސިކިއުޝަން ދާއިރާގައި 52.9 އިންސައްތަ އަންހެނުން މަސައްކަތްކުރެއެވެ. ފުލުހުންގެ ގޮތުގައި ޚިދުމަތްކުރަނީ މަދު ޢަދަދެއްގެ އަންހެނުން ކަމަށްވެފައި، އެއީ ފުލުހުންގެ 19.7 އިންސައްތައެވެ.

އަދި ތަޢުލީމީ ދާއިރާއަށް ބަލާއިރު، 2023-2024 ވަނަ އަހަރު ދިވެހިރާއްޖޭގެ ސްކޫލްތަކަށް 99,300 ދަރިވަރުން އެންރޯލްވެފައިވާއިރު، 49 އިންސައްތައަކީ އަންހެން ދަރިވަރުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ