ސުޕްރީމް ކޯޓުން ދިން މުއްދަތުގައި ޖަވާބުދާރީވެފައިވާނެ: ބަންޑާރަ ނައިބު

ސުޕްރީމް ކޯޓުން ދިން މުއްދަތުގައި ޖަވާބުދާރީވެފައިވާނެ: ބަންޑާރަ ނައިބު

Author
ޙަސަން މުޙައްމަދު
06 މާރޗް 2025 08:34
0

ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު ބަދަލާ ގުޅިގެން ސުޕްރީމް ކޯޓުން ދިން މުއްދަތުގައި ޖަވާބުދާރީވެފައިވާނެ ކަމަށް، ބަންޑާރަ ނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ވަނީ ބަންޑާރަ ނައިބު ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ޢަލީ ޙުސައިން އެދިފައިވަނީ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 124 ވަނަ މާއްދާގެ ދަށުން ބަންޑާރަ ނައިބުގެ މައްޗަށް ފިޔަވަޅު އެޅުމަށެވެ.

މިކަމާ ގުޅިގެން މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވެފައިވަނީ އެ މައްސަލައިގައި ސުޕްރީމް ކޯޓުން ދީފައިވަނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތުގެ ތެރޭގައި އޭޖީ އޮފީހުން ކުރަންޖެހޭ ކަންކަން ކޮށްފައިވާނެ ކަމަށެވެ.

"އެ މުއްދަތު ހަމަވަނީ 28 ފެބްރުއަރީ 2025 އަކަށްނޫން. ރަސްމީ ދުވަސް ގުނަންޖެހޭ ގޮތް އަޅުގަނޑު ކިޔައިނުދިނަސް އެނގޭނެކަމަށް ދެކެން" ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓަށް ޤާނޫނުއަސާސީގެ މައްސަލަ ހުށަހެޅުއްވީވެސް ޢަލީ ޙުސައިން ކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.