"އޮޕަރޭޝަން ކުރަނގި" ގެ ދަށުން އިތުރު ދެ ސެންޓަރެއް ގާއިމްކޮށްފި

"އޮޕަރޭޝަން ކުރަނގި" ގެ ދަށުން އިތުރު ދެ ސެންޓަރެއް ގާއިމްކޮށްފި

ގުޅުންހުރި

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ބިދޭސީންގެ ބަޔޯމެޓްރިކް ޑާޓާ ނެގުމަށް އިތުރު ދެ ސެންޓަރެއް ގާއިމްކޮށްފިއެވެ.

ދާހިލީ ވުޒާރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް (ފިންގާޕްރިންޓް އަދި ފޮޓޯ) އަޕްޑޭޓްކުރުމަށް މިހާރު ހުޅުވާފައިވާ ދެ މަރުކަޒުގެ އިތުރުން ކަލާފާނު ސްކޫލް ހޯލާއި ހުޅުމާލޭ ފޭސް 1 ގެ ރެހެންދި ސްކޫލް ހޯލްގައި މި ޚިދުމަތް ފޯރުކޮށްދޭން ފަށައިފިކަމަށެވެ.

ކަލާފާނު ސްކޫލްގެ ހޯލުގައި މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހާ ހަމައަށް (ހުކުރު ދުވަސް ފިޔަވައި) ހެނދުނު 9:30 އިން 16:00 އަށް އަދި ރޭގަނޑު 21:30 އިން 23:30 އަށް ބަޔޯމެޓްރިކްސް ނެގުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، ހުޅުމާލެ ފޭސް 1 ގެ ރެހެންދި ސްކޫލް ހޯލުގައި މިއަދުން ފެށިގެން ޝައްވާލު މަހުގެ 7 ވަނަ ދުވަހާ ހަމައަށް (ހުކުރު ދުވަސް ފިޔަވައި) ރޭގަނޑު 21:30 އިން 00:30 އަށް ބަޔޯމެޓްރިކްސް ނެގުމުގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށްވެސް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

"އޮޕަރޭޝަން ކުރަނގި" ފެށިފައިވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އުޅޭ އެންމެހާ ބިދޭސީންގެ ފިންގާޕްރިންޓާއި، ފޮޓޯ އަދި އެހެނިހެން މަޢުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރުމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 7690228 ނަންބަރަށް ގުޅައި ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ދަންނަވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ