އާރުޓީއެލުން ހިލޭ ދަތުރުކުރެވޭ "ސްމާޓް ކާޑު" ވިއްކާކަމަށް ބުނާ ފޭސްބުކް ޕޭޖަކީ ސްކޭމެއް!

އާރުޓީއެލުން ހިލޭ ދަތުރުކުރެވޭ "ސްމާޓް ކާޑު" ވިއްކާކަމަށް ބުނާ ފޭސްބުކް ޕޭޖަކީ ސްކޭމެއް!

ގުޅުންހުރި

އާރުޓީއެލްގެ ނަމުގައި ހިލޭ ދަތުރުކުރެވޭނެ "ސްމާޓް ކާޑެއް" ވިއްކާކަމަށް ބުނެ ފޭސްބުކްގައި ޕޭޖެއް ހުޅުވާ ފޭކް ޕޭޖެއް ހިންގަމުންދާނީ އެކަން ޢާންމުންގެ ސަމާލުކަމަށް ގެނެސްފިއެވެ.

އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މި ޕޭޖަކީ އެ ކުންފުންޏާ އެއްވެސް ގުޅުމެއް ނެތް ޕޭޖެއްކަމަށާއި، ސްކޭމެއް ކަމަށް ސަމާލުވުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

"މޯލްޑިވްސް ޕަބްލިކް ޓްރާންސްޕޯޓް" ނަމުގައި ހުޅުވާފައިވާ މި ޕޭޖުން މަޢުލޫމާތު ދެނީ އާރްޓީއެލް މެދުވެރިކޮށް ތިން މަސްދުވަހުގެ މުއްދަތަށް ހިލޭ ދަތުރުކުރެވޭނެ ކާޑެއް ވިއްކާކަމަށެވެ. މިއީ މުޅިން ދޮގު މަޢުލޫމާތެއްކަން އެމްޓީސީސީން ވަނީ ކަށަވަރުކޮށްދީފައެވެ.

ސޯޝަލް މީޑިއާގައި މިފަދަ ސްކޭމްތައް ދަނީ އިތުރުވަމުންނެވެ. އެމްޓީސީސީން ޢާންމުންނަށް ނަސޭހަތްތެރިވެފައިވަނީ އެމްޓީސީސީ އަދި އާރުޓީއެލްގެ ނަމުގައި އެއްވެސް ފަރާތަކުން ފޮނުވާ ލިންކްތަކަށް ސަމާލުވުމަށާއި، މިފަދަ ފަރާތްތަކަށް އެއްވެސް ޙާލެއްގައި ފައިސާ ނުދެއްކުމަށެވެ.

އެމްޓީސީސީން އިތުރަށް ބުނެފައިވަނީ ކުންފުނިން އާ ޚިދުމަތެއް ނުވަތަ ޕްރޮޑަކްޓެއް ތަޢާރަފުކުރާނަމަ، އެކަމެއްގެ މަޢުލޫމާތު ކުންފުނީގެ ރަސްމީ ސޯޝަލް މީޑިއާ އަދި މީޑިއާ ޗެނަލްތަކުން ހާމަކުރާނެކަމަށެވެ.

އާރުޓީއެލްގެ ނެޓްވޯކުގެ ދަށުން މާލެއާއި ބައެއް ރަށްރަށުގައި ބަހުގެ ޚިދުމަތް ދެމުން ގެންދެއެވެ. އަދި ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި ސްޕީޑް ފެރީގެ ޚިދުމަތްވެސް ފޯރުކޮށްދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ