ހުސެން ހަސަން މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެމްބަރުކަމުން އިސްތިއުފާ ދީފި

ހުސެން ހަސަން މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެމްބަރުކަމުން އިސްތިއުފާ ދީފި

ގުޅުންހުރި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެންބަރު ހުސެން ހަސަން އެ މަގާމުން އިސްތިއުފާ ދީފިއެވެ. ހުސެން މީޑިއާ ކައުންސިލްގެ މެންބަރުކަމުން އިސްތިއުފާ ދިނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސް ކަމަށް އިންތިޚާބުވުމާ ގުޅިގެންނެވެ.

މީޑިއާ ކައުންސިލްގެ ރައީސް ހުސެން ސަގީފަށް ފޮނުއްވި ސިޓީގައި، ހުސެން ވިދާޅުވެފައިވަނީ އިސްތިއުފާ ދޭން ނިންމީ މީޑިއާ ކައުންސިލަކީ ނުފޫޒުން އެއްކިބާވެފައި އޮންނަ މިނިވަން މުއައްސަސާއެއް ގޮތުގައި ދެމިއޮންނަން ބޭނުންވާތީ ކަމަށެވެ.

އަދި މިނިވަން މީޑިއާގެ މާހައުލެއް ހޯދައިދިނުމަށް ކައުންސިލުން ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ހުސެން ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ 15 މެންބަރުންގެ މައްޗަށެވެ. ހުސެން ހަސަންގެ އިސްތިއުފާއާ ގުޅިގެން ކައުންސިލަށް އާ މެންބަރަކު އައްޔަންކުރުމާ ބެހޭގޮތުން މިހާތަނަށް އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ