ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖޭގައި 200 މިލިއަން ޑޮލަރު ބޮޑު އިންވެސްޓްމަންޓެއް

ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްއިން ރާއްޖޭގައި 200 މިލިއަން ޑޮލަރު ބޮޑު އިންވެސްޓްމަންޓެއް

ގުޅުންހުރި

ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް (ސީއެޗްއާރު) އިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓް ފުޅާކުރުމުގެ ގޮތުން އިތުރު 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ގެ އިންވެސްޓްމަންޓެއް ކޮށްފައިވާކަން ހާމަކޮށްފިއެވެ.

ތައިލެންޑުގެ އެންމެ ބޮޑު ޓޫރިޒަމް ކުންފުނި ކަމުގައިވާ ސެންޓާރާއިން މި އިންވެސްޓްމަންޓް ކުރަނީ މާލެ އަތޮޅުގައި ހިއްކާފައިވާ ތިން ރަށް ހިމެނޭ ފަޅުގައެވެ. މި ފަޅުގައި ހިމެނޭ ތިން ރަށުގެ ތެރެއިން ދެ ރަށް މިހާރުވަނީ ހުޅުވިފައެވެ. އެއީ މިދިޔަ ނޮވެމްބަރު މަހު ހުޅުވުނު މިރާޖް ލެގޫން މޯލްޑިވްސް އާއި ސެންޓާރާ ގްރޭންޑް ލެގޫން މޯލްޑިވްސްއެވެ. މި ރަށްތަކުގެ ތެރެއިން ނުހުޅުވާ އޮތް އެންމެ ފަހު ރަށް ހުޅުވުމަށް ވަނީ މި އަހަރުގެ އެޕްރީލް މަހަށް ހަމަޖެހިފައެވެ.

މި ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރު އެންޑްރޫ ޖަންސަން ތައިލެންޑުގެ ނޫސްތަކަށް ވިދާޅުވެފައިވާ ގޮތުގައި މި ރިސޯޓްތައް ފަރުމާކޮށްފައިވަނީ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް އެކަށޭނަ ގޮތަށެވެ. މިގޮތުން މި ރިސޯޓްތަކުގައި 145 ކޮޓަރި ހިމެނެއެވެ. މި ކޮޓަރިތަކަކީ 45 އަކަމީޓަރާއި 196 އަކަމީޓަރާ ދެމެދުގެ ބޮޑުމިނުގެ ކޮޓަރިތަކެކެވެ. ކޮޓަރިއެއްގެ އެވްރެޖް އަގަކީ 400 ޑޮލަރާއި 1000 ޑޮލަރާ ދެމެދުގެ އަގެކެވެ.

ސެންޓާރާ ހޮޓެލްސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 51 ޑިލަކްސް ފަސްޓް ކްލާސް ހޮޓާ ހިންގާ ކުންފުންޏެކެވެ. އަދި ސްރީލަންކާ، ދިވެހިރާއްޖެ، ގަތަރު، ތައިލެންޑް އަދި ވިއެޓްނާމް ފަދަ ގައުމުތަކުގައި 23 ރިސޯޓް ހިންގައެވެ. ސެންޓާރާއިން ރާއްޖޭގައި މީގެ ކުރިން ހިންގަމުން އައީ އަރި އަތޮޅު މައްޗަންގޮޅީގައި ހުންނަ ސެންޓާރާ ގްރޭންޑް އާއި މާލެ އަތޮޅު ގިރާވަރުގައި ހުންނަ ސެންޓާރާ ރަސްފުށި ރިސޯޓެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ