ތިނަދޫ އިންޑަސްޓްރިއަލް ޒޯން ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ %88 ނިމިއްޖެ

ތިނަދޫ އިންޑަސްޓްރިއަލް ޒޯން ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ %88 ނިމިއްޖެ

Author
ހުސައިން
16 ފެބްރުއަރީ 2025 04:48
0

 

ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯން ތަރައްގީ ކުރުމުގެ މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.

2022 ވަނަ އަހަރު ފެށުނު މި މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން، ރިވެޓްމަންޓް ޖެހުމުގެ މަސައްކަތުގެ 77 އިންސައްތަ އާއި، އެއްގަމު ތޮށި ޖެހުމުގެ މަސައްކަތުގެ 96 އިންސައްތަ ވަނީ ނިމިފައެވެ. މީގެއިތުރުން، ކޮންކްރީޓް ބްރިޖް ހެދުމުގެ މަސައްކަތުގެ 65 އިންސައްތަ ވެސް ވަނީ ނިންމާލެވިފައެވެ.

ޕްލޭނިން މިނިސްޓްރީން 125.2 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއު ނިންމުމަށް ވަނީ 660 ދުވަސް ދެވިފައެވެ. މި މަޝްރޫއުގެ ދަށުން ހިއްކޭ ބިން ތަރައްގީ ކުރެވިގެންދާނީ ސިނާއީ އަވަށެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.