އެމްޓީސީސީގެ ސީއޯއޯގެ މަޤާމަށް އެކުންފުނީގެ ބޯޑު ޑިރެކްޓަރު ސިނާން އަލީ އައްޔަން ކޮށްފި

އެމްޓީސީސީގެ ސީއޯއޯގެ މަޤާމަށް އެކުންފުނީގެ ބޯޑު ޑިރެކްޓަރު ސިނާން އަލީ އައްޔަން ކޮށްފި

Author
ހުސައިން
16 ފެބްރުއަރީ 2025 10:33
0

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗީފް އޮޕަރޭޓިންގ އޮފިސަރ (ސީއޯއޯ) ގެ މަޤާމަށް ކުންފުނީގެ ބޯޑު ޑިރެކްޓަރު ސިނާން އަލީ އައްޔަން ކޮށްފިއެވެ.

ކުރީގައި އެމްޓީސީސީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ސިނާން، މި އައު މަޤާމަށް އައްޔަންކުރެވުނީ ފާއިތުވި ހަފްތާގައެވެ.

މީގެ ކުރިން އޭނާ ވަނީ އެހެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުގައިވެސް ޚިދުމަތްކުރައްވާފައެވެ. މީގެ ތެރޭގައި ސްޓެލްކޯގެ ޗެއަރމަންކަމާއި، އައިލެންޑް އޭވިއޭޝަންގެ ޑިރެކްޓަރުކަން ހިމެނެއެވެ.

ސިނާން ވަނީ މީޑިއާ ދާއިރާގައިވެސް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރައްވާފައެވެ. މި ދާއިރާއަށް އޭނާ ވަދެވަޑައިގަތީ މިއަދު ނޫހުގެ ނޫސްވެރިއެއްގެ ގޮތުގައެވެ. އޭގެފަހުން ހަވީރު ނޫހުގައި މަސައްކަތްކުރެއްވުމާއެކު، ސަން މީޑިއާ ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. މިހާރު އޭނާ ހުންނެވީ 'ވަން އޮންލައިން' ގެ ސީއީއޯގެ މަޤާމުގައެވެ.

2015 ވަނަ އަހަރު މީޑިއާ ދާއިރާއަށް އޭނާ ކުރެއްވި ޚިދުމަތްތަކަށްޓަކައި ޤައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.