ޢަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ފޮތްތައް އިސްލާމިކް މިނިސްޓްރީން ހޯދަނީ

ޢަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ފޮތްތައް އިސްލާމިކް މިނިސްޓްރީން ހޯދަނީ

Author
ހުސައިން
15 ފެބްރުއަރީ 2025 10:31
0

އިސްލާމިކް މިނިސްޓްރީން، ޢަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ ފޮތްތަކެއް ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ. މި ފޮތްތައް ތަރުޖަމާކުރުމުގެ ފުރުސަތު ދެވޭނީ މިނިސްޓްރީން އާންމުކޮށްފައިވާ ޚާއްސަ ލިސްޓެއްގައިވާ ފޮތްތައް މިހާރުވެސް ތަރުޖަމާކޮށްފައިވާ ނުވަތަ ތަރުޖަމާކުރަމުންދާ ފަރާތްތަކަށެވެ.

އިސްލާމިކް މިނިސްޓްރީގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، މި މަސައްކަތް ކުރެވޭނީ ހަމައެކަނި އެ މިނިސްޓްރީން ދީނީ ވަޢުޒު ވިދާޅުވުމުގެ ހުއްދަ ލިބިފައިވާ ޢިލްމުވެރިންނަށެވެ. މި މަސައްކަތަށް ކުރިމަތިލާން ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ރަޖިސްޓްރީ ކުރަންވާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ކަމަށް މިނިސްޓްރީން އަންގާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.