އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިޔަށް ގެންދާ ސްޓަޑީ ޓުއަރގެ ބައިވެރިން ފުރައިފި

އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިޔަށް ގެންދާ ސްޓަޑީ ޓުއަރގެ ބައިވެރިން ފުރައިފި

Author
ހުސައިން
14 ފެބްރުއަރީ 2025 08:50
0

އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގެ ދަށުން ވޯލްޑް އެސެމްބްލީ އޮފް މުސްލިމް ޔޫތު (ވަމީ) އާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ގުޅިގެން އިންތިޒާމުކުރި އުމްރާ ދަތުރުގެ ބައިވެރިން މިއަދު ވަނީ ފުރައިފައެވެ. މި ދަތުރަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރެއްވި އިސްލާމިކް ލީޑަރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ދަތުރެކެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، މި ދަތުރުގައި އެމްއެންޔޫ، އައިޔޫއެމްގެ ޔޫނިއަން، ސީއެޗްސީ، ވިލާ ކޮލެޖް، ޒިކުރާ ކޮލެޖް، އަހުމަދިއްޔާ ސްކޫލު، ހިރާ ސްކޫލު އަދި ޒުވާން ހަތީބުންގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތަކެއް ބައިވެރިވެއެވެ. ފެބްރުއަރީ 14 އިން 21 އަށް ކުރިއަށްދާ މި ސްޓަޑީ ޓުއަރގައި އިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން މައްކާ އަދި މަދީނާގެ ޚާއްޞަ ތަންތަނަށް ޒިޔާރަތްކުރުން ހިމެނެއެވެ.

މިދިޔަ އަހަރު މި ޕްރޮގްރާމްގެ ދަށުން އިމާމުންނާއި ހަތީބުން ވަނީ ސަޢޫދީ ޢަރަބިއްޔާގެ އިތުރުން މިޞްރު، މެލޭޝިޔާ، ބުރޫނާއި އަދި އިންޑޮނޭޝިޔާއަށް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުތަކެއް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.