އެންމެ ހެޔޮކަން ބޮޑީ ދެމިހުންނަނިވި ގޮތުގައި ކުރެވޭ ހެޔޮއަމަލު: ޚުޠުބާ

އެންމެ ހެޔޮކަން ބޮޑީ ދެމިހުންނަނިވި ގޮތުގައި ކުރެވޭ ހެޔޮއަމަލު: ޚުޠުބާ

ގުޅުންހުރި

މާތް ނަބިއްޔާގެ އިރުޝާދުތަކަށް ބަލާއިރު، މާތްﷲގެ ހަޒުރަތުގައި އެންމެ ހެޔޮކަން ބޮޑީ ދެމިހުންނަނިވި ގޮތުގައި ކުރެވޭ ހެޔޮއަމަލުތައް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ޝަޢުބާން މަހުގައި ހެޔޮ އަމަލު ކުރުން" މިމައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ޚުޠުބާގައި ވިދާޅުވީ މިހާރު ވޭތަ ކުރަމުން މިދާ ޝައުބާން މަހަކީ އެތައް ގޮތަކުން ޚާއްސަ މަހެއްކަމަށާއި، އޭގެ ސަބަބަކީ އެމަހަކީ ރަމަޟާން މަހަށް މަރުހަބާ ކިއުމަށް ތައްޔާރުވަމުން އަންނަ މަސް ކަމަށް ވުން ކަމުގައެވެ. އެގޮތުން ޝައުބާންމަހު އަޅުކަމުގައި ހީވާގިވުމަކީ، ރަމަޟާންމަހު އަޅުކަމުގައި މަޝްއޫލުވުމަށް ލިބޭ ތަމްރީނެއްކަމުގައި ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ކީރިތި ރަސޫލާ ހަދީސް ބަސްފުޅެއްގެ މާނާގައި ވެއެވެ. "މާތްﷲގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ ކިތަންމެ މަދުންނަމަވެސް ދާއިމީ ގޮތެއްގައި ކުރެވޭ އަމަލެވެ."

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި ވަނީ "ވެހޭތާ ފެންނަގާށޭ" ބުނާ ފަދައިން، ފުރުސަތުގެ ބޭނުން ހިފުމަށް ގޮވާލައްވާފައެވެ. އެގޮތުން ހެޔޮ އަމަލުތަކުގައި އަވަދިނެތި އުޅެވޭތޯ މަސައްކަތް ކުރުމަށާއި، ގިނަގިނައިން ހެޔޮ އަމަލު ކުރުމަކީ، ގަސްތަކާނުލާ ކުރެވޭ ފާހަތަކުން މާތްﷲ ސަލާމަތްކޮށްދެއްވާ ސަބަބެއް ކަމުގައިވެސް ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

މިފަދަ ބަރަކާތްތެރި މޫސުމެއްގައި މާތް ނަބިއްޔާ އަހުރެމެންނަށް ނަމޫނާ ދައްކަވާފައިވާ ގޮތަށް، ހެޔޮ އަމަލުކުރުންމަތީ ސާބިތުވެ ތިބުމަކީ މުހިންމު ކަމެކެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ