ސިޔާސީ ޕާޓީތަކަށް "ސިމެދަ" ޕޯޓަލް މެދުވެރިކޮށް އެކަނި މެމްބަރުން ވެއްދޭ ގޮތަށް ބަދަލުކޮށްފި

ސިޔާސީ ޕާޓީތަކަށް "ސިމެދަ" ޕޯޓަލް މެދުވެރިކޮށް އެކަނި މެމްބަރުން ވެއްދޭ ގޮތަށް ބަދަލުކޮށްފި

އިލެކްޝަންސް ކޮމިޝަނުން މިއަދު ސިޔާސީ ޕާޓީތަކުގެ ގަވާއިދަށް މުހިންމު ބަދަލުތަކެއް ގެނެސްފި އެވެ. މި ބަދަލުތަކުގެ ތެރޭގައި، ޕާޓީތަކަށް މެންބަރުން ވެއްދުމުގެ އެންމެހައި މަސައްކަތްތައް ކުރެވޭނީ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް އެކަނި ކަމަށް ވަނީ ހަމަޖައްސާފަ އެވެ.

އީސީން މިއަދު ގެޒެޓުކުރި އިސްލާހުގެ ދަށުން، އަލަށް އުފެއްދޭ ސިޔާސީ ޕާޓީތަކުގެ މެންބަރުޝިޕަށް ބޭނުންވާ 3،000 މެންބަރުންނާއި، މިހާރު ހިނގަމުންދާ ޕާޓީތަކަށް އިތުރުކުރެވޭ އެންމެހައި މެންބަރުން ވެއްދުމުގެ މަސައްކަތް ކުރެވޭނީ އީފާސް މެދުވެރިކޮށް "ސިމެދަ" ޕޯޓަލްއިން އެކަނި އެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު ސަބަބަކީ ފަހަކަށް އައިސް ވަގު ފޯމު މެދުވެރިކޮށް ޕާޓީތަކަށް މީހުން ވެއްދުމުގެ މައްސަލަތައް އިތުރުވެފައިވުމެވެ.

މީގެ އިތުރުން، އާ ގަވާއިދުގެ ދަށުން ޕާޓީއަކަށް މެންބަރަކު ވެއްދުމަށްފަހު، އެ މެންބަރެއްގެ މައްސަލައެއް އޮތްތޯ ބެލުމަށް އިއުލާނެއް ކުރަން ޖެހޭނެ އެވެ. އަދި ޕާޓީތަކުން އޮންލައިންކޮށް ހުށަހަޅާ މެންބަރުޝިޕް ފޯމުތައް 10 އަހަރު ދުވަހުގެ މުއްދަތަށް ރައްކާތެރިކަމާއެކު ބަލަހައްޓަން ޖެހޭނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *