އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ދާއިމީ މަންދޫބަކަށް ސަރީރު ހަމަޖައްސަނީ

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ދާއިމީ މަންދޫބަކަށް ސަރީރު ހަމަޖައްސަނީ

Author
ހުސައިން
12 ފެބްރުއަރީ 2025 10:38
0

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަޤާމަށް ހުށަހެޅުއްވި ނަންފުޅު ދިރާސާކުރުމަށް ވަނީ ކަމާބެހޭ ދާއިމީ ކޮމިޓީއަށް ފޮނުވާފައެވެ. މި މަޤާމަށް ރައީސް ހުށަހަޅުއްވާފައިވަނީ މިހާރު ސައުދީ އަރަބިއްޔާގައި ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، މ. ވެސްޓް ސައިޓް އަޙްމަދު ސަރީރުގެ ނަންފުޅެވެ.

ރައީސް މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ އަޙްމަދު ސަރީރަށް ރުހުން ދެއްވުމާމެދު މަޖިލީހުން ނިންމަވާ ގޮތެއް އަންގަވައިދެއްވުމަށެވެ. އަދި މި މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. މީގެއިތުރުން، ސަރީރު ކުވެއިތުގެ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމަށްވެސް ރައީސް ވަނީ ހުށަހަޅުއްވާފައެވެ.

އަޙްމަދު ސަރީރަކީ ދިވެހިރާއްޖޭގެ ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަޤާމުތަކާއި ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަޤާމުތަކުގައި ވަނީ މަސައްކަތްކުރައްވާފައެވެ. 2018 ވަނަ އަހަރުގެ ޖުލައި މަހު އޭނާ ފޮރިން ސެކްރެޓަރީގެ މަޤާމަށް އައްޔަންކުރެވުނެވެ. މީގެ އިތުރުން، އެކްސެލެންސީ އަޙްމަދު ސަރީރު ވަނީ އދ. އަށް ރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުގެ މަޤާމާއި އެމެރިކާއަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަޤާމުވެސް ފުރުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.