ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އަށް ދާ މަގުގައި މިއަދު މެންދުރު ފަހު 1:50 ހާއިރު ކާރަކާއި ޕިކަޕެއް ޖެހިގެން އެކްސިޑެންޓެއް ހިނގައްޖެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައި ނުވި ނަމަވެސް، ޕިކަޕު ދުއްވަން އިން މީހާގެ މޫނަށް ބިއްލޫރި ބުރައިގެން ދިޔުމާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހުނެވެ. ފުލުހުންގެ މީޑިއާ ޓީމުން ހާމަކުރި ގޮތުގައި އެކްސިޑެންޓުގައި ޖެހުނު އުޅަނދު ދުއްވަން ތިބީ ލައިސަންސް އޮތް ދެ މީހުންނެވެ.
މި ހާދިސާ ހިނގި މަގަކީ މިހާރު މާލެ އަދި ހުޅުމާލެއިން އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ދަތުރުކުރާ އުޅަނދުތަކާއި ކާގޯ އުފުލާ ބޮޑެތި އުޅަނދުތައް ބޭނުންކުރަމުންދާ މަގެކެވެ.
ކޮމެންޓު ފޮނުވާ