އަނިޔާވެރިކަމުގެ ނުބައި އަމަލުން ކޮންމެ މުސްލިމަކު ސަލާމަތްކުރުމަށް އަތާއަތް ގުޅާލަންޖެހޭ: ޚުޠުބާ

އަނިޔާވެރިކަމުގެ ނުބައި އަމަލުން ކޮންމެ މުސްލިމަކު ސަލާމަތްކުރުމަށް އަތާއަތް ގުޅާލަންޖެހޭ: ޚުޠުބާ

Author
ހުސައިން
07 ފެބްރުއަރީ 2025 01:09
0

އަނިޔާވެރިކަމުގެ ނުބައި އަމަލުން ކޮންމެ މުސްލިމަކު ސަލާމަތްކުރުމަށް އަތާއަތް ގުޅުވައިގެން މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ.

"މުސްލިމް އަޚާއަށް ހެޔޮކޮށް ހިތުން" މިމައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ޚުޠުބާގައި ވަނީ އަޚުވަންތަކަމާއި އެއްބައިވަންތަ ކަމަށް ތިމާ ވާސިލްކޮށްދޭ ކޮންމެ ކަމެއް ކުރުމަށް އަޒުމްކަނޑައަޅައި އެކަން ކުރުމަށް ނަސޭހަތްތެރި ވެފައެވެ.

އަދި އަޚުވަންތަކަމާއި އެއްބައިވަންތަކަން ކެނޑިދާނެ ކޮންމެ ކަމަކުން ދުރުހެލިވުމަށްވެސް ނަސޭހަތްތެރި ވަމެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

މިއަދުގެ ޚުޠުބާގައި އިތުރަށް ވިދާޅުވީ އިސްލާމީ އުއްމަތަކީ އެއް އުއްމަތެއްކަމަށާއި، އެއީ ބައިބައިވުމަށް ފުރުސަތުދޭ އުއްމަތެއް ނޫންކަމުގައެވެ. އަދި އެންމެހާ މުސްލުމުންގެ މިސާލަކީ އެއް ބިނާއެއްގެ މިސާލުކަން ބަޔާން ކުރައްވަމުން ޚުޠުބާގައި ވިދާޅުވީ އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމް ކުރުމަކީ މާތްاللهގެ ހަޒުރަތުގައި އެބައިމީހުންގެ ދަރަޖަ މަތިވެރިވެގެންދާނެ ކަމެއް ކަމުގައެވެ.

ކީރިތި ރަސޫލާ ހަދީސް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ. "ހަމަކަށަވަރުން ގިޔާމަތް ދުވަހު މާތް الله ވަޙީ ކުރައްވާނެތެވެ. ތިމަން اللهއަށްޓަކާ އެކަކު އަނަކަކުދެކެ ލޯބިވީ މީހުން ކޮބައިހެއްޔެވެ؟ ތިމަން الله ލައްވަވާ ހިޔާވަހިކަން ފިޔަވާ އެހެން ހިޔާވަހިކަމެއް ނުވާ މިދުވަހު އެބައި މީހުންނަށް ތިމަން الله ހިޔާވަހިކަން ދެއްވާ ހުށީމެވެ."

މިއަދުގެ ޚިޡުބާގައި ވިދާޅުވެފައިވަނީ މުސްލިމުންނާމެދު ދޮގު ވާހަކަ ދެއްކުމާއި އެފަދަ ވާހަކަ ފެތުރުންވެސް މާތްالله މަނާ ކުރައްވާފައިވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.