ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރަށް ލިބޭ އާމްދަނީ އެއްކޮށް ޚަރަދުކުރާނީ ދުންފަތުން ދުރުކުރުމުގެ ފަރުވާއަށް: ރައީސް

ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރަށް ލިބޭ އާމްދަނީ އެއްކޮށް ޚަރަދުކުރާނީ ދުންފަތުން ދުރުކުރުމުގެ ފަރުވާއަށް: ރައީސް

ސިނގިރޭޓާއި ބިޑިން ނަގާ ޓެކްސް ބޮޑުކޮށްގެން ދައުލަތަށް ލިބޭ އާމްދަނީ އެއްކޮށް ހަރަދުކުރާނީ ސިނގިރޭޓާއި ބިޑި ހިމެނޭހެން ދުންފަތާ ދުރުކުރުވުމުގެ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނުގެ ވެރިކަމުގެ ދެވަނަ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާ ގުޅިގެން އިތުރަށް ލިބޭ އާމްދަނީ އެއްކޮށް ޚަރަދުކުރުމަށް ނިންމާފައިވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުން ޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށާއި، އެކަމަށްޓަކައި ހިންގަންޖެހޭ ޕްރިވެންޓިވް ހެލްތް ކެއަރ ޕްރޮގްރާމްތަކާއި މަޝްރޫޢުތައް ހިންގުމަށް ކަމަށެވެ.

ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރަށް ލިބޭ އާމްދަނީއެއްވިއްޔާ އެއްކޮށް ޚަރަދުކުރަން ނިންމާފައިވާނީ ދުންފަތުގެ އިސްތިއުމާލުކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް.

ރައީސް ވިދާޅުވިއެވެ.

މިދިޔަ 1 ނޮވެންބަރުން ފެށިގެން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓު 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކޮށް، ކޮންމެ ސިނގިރޭޓަކުން 5 ރުފިޔާ ބޮޑުކުރެވުނެވެ. އަދި ސިނގިރޭޓާއި ދުންފަތުގެ އުފެއްދުންތަކުން ނަގާ އެޑްވެލޮރަމް ރޭޓު 50 އިންސައްތައިން 100 އިންސައްތައަށް މަތިކުރެވުނެވެ. މި ބަދަލާއެކު މިހާރު ސިނގިރޭޓު ފޮށްޓެއް ގަންނަން ލިބޭ އަގު އުޅެނީ 230 ރުފިޔާއަށް ވުރެ މަތީގައެވެ.

ދުންފަތާ ދުރު މުޖުތަމަޢެއް ބިނާކުރުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މަދުވެގެން އެއް ޓޮބޭކޯ ސެސޭޝަން ކްލިނިކް ގާއިމުކުރުމަށާއި، ދުންފަތް ބޭނުންކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ މެދުވެރިކޮށް ސިޓީތަކާއި އަތޮޅު ހޮސްޕިޓަލްތަކުން އޭގެ ބޭސް ލިބޭނެ ގޮތް ހަމަޖެއްސުމަށް ވަނީ ރޭވިފައެވެ.

މީގެއިތުރުން ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމުގެ އިތުރަށް ސަރުކާރުން ވަނީ ވޭޕް އެތެރެކުރުމާއި ބޭނުންކުރުން ރާއްޖޭގައި މަނާކޮށްފައެވެ. މިދިޔަ 15 ޑިސެންބަރުން ފެށިގެން އެއަށް ޢަމަލުކުރަން ފަށައި، ވޭޕް ބޭނުންކުރާ މީހުން ޖޫރިމަނާ ކުރަމުން އެބަދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *