އެމްއެމްއޭއަކީ މިނިވަން މަނިޓަރީ ޕޮލިސީއެއް ތަންފީޒު ކުރާންޖެގޭ ދައުލަތުގެ ސެނެްޓްރަލް ބޭންކު

ރިޔާސީ ބަޔާން 2025: މިއަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 705.1 މިލިއަން ޑޮލަރަށް އިތުރުވާނެ

ރިޔާސީ ބަޔާން 2025: މިއަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 705.1 މިލިއަން ޑޮލަރަށް އިތުރުވާނެ

މިއަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 705.1 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ވިދާޅުވީ 2023 ވަނަ އަހަރާ އަޅާބަލާއިރު ނިމިދިޔަ 2024 ވަނަ އަހަރު ދައުލަތުގެ ރަސްމީ ރިޒާވް އިތުރުވެފައިވާ ކަމަށެވެ. މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވްގައި 673.2 މިލިއަން ޑޮލަރު ހުރި ކަމަށާއި، މިއީ 2023 ވަނަ އަހަރު ރިޒާވްގައި ހުރި 590.5 މިލިއަން އެމެރިކާ ޑޮލަރަށްވުރެ 14 ޕަސެންޓް އިތުރު އަދަދެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިއަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރެވޭނެ ކަމަށެވެ. އަދި 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިން މުދާ އިމްޕޯޓްކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެގުނަކޮށް 1,000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށާއި، 2026 ގެ ދެވަނަ ކުއާޓަރުގައި ކްރެޑިޓް ކާޑު ލިމިޓްތައް 1,400 ޑޮލަރަށް ބޮޑުކޮށްދެއްވާނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *