އެސްޓީއޯއިން ރަމަޟާން މަހަށް އަމާޒުކޮށް ޚާއްސަ ޕްރޮމޯޝަނެއް ލޯންޗުކޮށްފި

އެސްޓީއޯއިން ރަމަޟާން މަހަށް އަމާޒުކޮށް ޚާއްސަ ޕްރޮމޯޝަނެއް ލޯންޗުކޮށްފި

Author
ހުސައިން
03 ފެބްރުއަރީ 2025 08:44
0

އެސްޓީއޯއިން ރަމަޟާން މަހަށް އަމާޒުކޮށް ޚާއްސަ ވިޔަފާރި ޕްރޮމޯޝަނެއް ފައްޓައިފިއެވެ. އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފަށާފައިވަނީ"ރޯދަ ސޭލް" ގެ ނަމުގައެވެ. މި ޕްރޮމޯޝަން ފެށުމުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ ޑިރެކްޓަރ އޮފް ކޮންސްޓްރަކްޝަން ސޮލިއުޝަންސް މުހައްމަދު އީމާނާއި ވެލިގާ ހާޑްވެއާގެ ޑިރެކްޓަރު ޒައިދު މުހައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ހިނގަމުންދާ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ގިނަ އަދަދެއްގެ ޑިސްކައުންޓްތަކެއް ލިބޭނެކަމަށް އެސްޓީއޯއިން މަޢުލޫމާތު ދީފައިވެއެވެ. މިގޮތުން، ކޮންމެ 500 ރުފިޔާގެ މުޢާމަލާތަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ނިޕޯން ޕެއިންޓްގެ އުފެއްދުންތަކަށް 20 އިންސައްތައިގެ އަދި މަކިޓާ ބްރޭންޑްގެ އުފެއްދުންތަކަށް 50 އިންސައްތައިގެ ޚާއްސަ ޑިސްކައުންޓެއް ދެވޭނެއެވެ.

މި އަހަރުގެ ޕްރޮމޯޝަންގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ވެލިގާ ހާޑްވެއާ އެސްޓީއޯގެ ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެފައިވުމެވެ. މި ޕްރޮމޯޝަންގެ މައި އިނާމުގެ ގޮތުގައި 50،000 ރުފިޔާގެ އަގުހުރި މުދާ ނަސީބުވެރި ކަސްޓަމަރަކަށް ލިބިދެވޭނެއެވެ.

އެސްޓީއޯގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ އައުޓްލެޓްތަކާއި ވެލިގާ ހާޑްވެއާގެ އައުޓްލެޓްތަކުގެ އިތުރުން އެސްޓީއޯގެ ރީޖަނަލް އައުޓްލެޓްތަކުގައިވެސް މި ޕްރޮމޯޝަން ކުރިއަށްދާނެކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.