އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ބޭރުފައިސާ މާރުކުރެވޭ ޕްލެޓްފޯމެ ބީއެމްއެލްއިން ތައާރަފްކޮށްފި

އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ބޭރުފައިސާ މާރުކުރެވޭ ޕްލެޓްފޯމެ ބީއެމްއެލްއިން ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އައު އޮންލައިން ޕްލެޓްފޯމެއް ތައާރަފްކޮށްފިއެވެ. މި ޕްލެޓްފޯމަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް، އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ބޭރުފައިސާ މާރުކުރުމަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ.

މި ޕްލެޓްފޯމް ވަނީ އެމްއެމްއޭގެ ކަރަންސީ ރެގިއުލޭޝަނާއި ބޭރު ފައިސާގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ތަރައްޤީކޮށްފައެވެ. ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކަށް މި ޕްލެޓްފޯމް މެދުވެރިކޮށް ބޭރުފައިސާ މާރުކުރެވޭނެއެވެ. ބީއެމްއެލްއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޕްލެޓްފޯމްގެ ޒަރީއާއިން ވިޔަފާރިތަކުގެ ހުރިހާ މެންޑޭޓަރީ އެކްސްޗޭންޖް މުއާމަލާތްތައް ފަސޭހަކަމާއެކު ޓްރެކްކޮށް ރިވިއު ކުރެވޭނެއެވެ. އަދި މި މުއާމަލާތްތައް އެކްޓިވިޓީ ރިޕޯޓުން ފެންނަން ހުންނާނެއެވެ.

ބޭންކުން ޑޮލަރު ގަންނަ އަދި ވިއްކާ ރޭޓަކީ 15.42 ރުފިޔާއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލާޒިމްކޮށްފައިވާ ބޭރު ފައިސާ މާރުކުރުން ފަސޭހަކުރުމަށާއި، މި ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހެދުމަކީ މި އޮންލައިން ޕްލެޓްފޯމް ގާއިމުކުރުމުގެ މައިގަނޑު މަގުސަދުކަމުގައި ބީއެމްއެލްއިން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *