ބުރޫނާއި ގަވަރމެންޓް ސްކޮލަޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ބުރޫނާއި ގަވަރމެންޓް ސްކޮލަޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Author
ހުސައިން
17 ޖެނުއަރީ 2025 12:16
0

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން، 2025/2026 އަކަޑެމިކް އަހަރަށް ބުރޫނާއި ގަވަރމެންޓް ސްކޮލަޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސްކޮލަޝިޕްގެ ދަށުން ދިވެހިރާއްޖެއަށް ވަނީ 5 ޔުނިވަރސިޓީއަކުން ޑިޕްލޮމާ، އަންޑަރގްރެޖުއެޓް ޑިގްރީ އަދި ޕޯސްޓްގްރެޖުއެޓް މާސްޓަރސް ޑިގްރީގެ ފުރުސަތުތަކެއް ހޯދިފައެވެ.

މިނިސްޓްރީން މަޢުލޫމާތު ދެއްވިގޮތުގައި، މި ސްކޮލަޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންދާނީ ސްކޮލަޝިޕް ދޭ ފަރާތުންނެވެ. މި ފުރުސަތުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ފެބްރުއަރީ 2025 ވާ ހޮނިހިރު ދުވަހުގެ ބުރޫނާއި ގަޑިން 16:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މިނިސްޓްރީން ވަނީ އެޕްލައިކުރާ ފަރާތްތަކަށް މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ. އެގޮތުން، ޕްރޮގްރާމް ފެށުމުގެ ކުރިން، އެ ޕްރޮގްރާމެއް ހިންގާ ތަޢުލީމީ މަރުކަޒަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، ޕްރޮގްރާމަކީވެސް އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ޕްރޮގްރާމްތަކަށް ހޮވޭ ފަރާތްތަކުން، އެ ޕްރޮގްރާމަކީ ކަމާބެހޭ އިދާރާއަކުން ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ، އެ އިދާރާއިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ވެސް ކަށަވަރުކުރަންވާނެކަމަށް މިނިސްޓްރީން ވަނީ އަންގަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.