މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

Author
ހުސައިން
21 ޑިސެމްބަރ 2024 06:32
0

މާލޭގެ ގަލޮޅު ސަރަހައްދުގައި ހުންނަ ގެއަކުން މިއަދު ހަވީރު 5:02 ހާއިރު މީހަކު މަރުވެފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ. މަރުވެފައި އޮއްވާ ފެނުނު ފަރާތަކީ ގ. ފްރެސްލައިޓްގެ އަލީ ރަޝީދު (35 އަހަރު) އެވެ.

އޭނާ ހަބަރު ހުސްވެފައި އޮއްވާ ފެނުމާ ގުޅިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.