ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފި

Author
ހުސައިން
14 ޑިސެމްބަރ 2024 07:28
0

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންނަކީ 30 އަހަރުގެ ސައްދާމް ހުސައިނާއި 31 އަހަރުގެ އެމްޑީ ތަމަންނާއެވެ.

މި މައްސަލައިގައި ދެ މީހުން ކޯޓަށް ހާޒިރުކުރުމަށްފަހު، އެ ދެ މީހުންގެ ބަންދު މުއްދަތު 10 ދުވަހަށް އިތުރުކޮށްފައިވެއެވެ. މައްސަލައިގެ ބަންދު އަމުރު ރިޕޯޓުގައިވާ ގޮތުން، މި ދެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ހެކިތައް ކޯޓަށް ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ކޮންޓްރޯލް ޑެލިވަރީގެ ލިޔެކިޔުންތަކާއި، ފޮޓޯތަކުގެ އިތުރުން ކަސްޓަމްސްގެ ލިޔެކިޔުންތައްވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.