ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލާގައި ހައްޔަރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

ޕާކުކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި މައްސަލާގައި ހައްޔަރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

Author
ހުސައިން
14 ޑިސެމްބަރ 2024 10:02
0

ސިނަމާލެ ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯކޮށްލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓުން ނިންމައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، މ.އަރާރަތްކުރި ހާލިދު މަހްމޫދު (35އ) އާއި އދ.މާމިގިލީ ބްލޫ ވިންޑް ހަސަން ނަސީމް (31އ) އެވެ. މި ހާދިސާ ހިނގާފައިވަނީ ނޮވެމްބަރު 25 ވަނަ ދުވަހުގެ ހަވީރު 18:25 ހާއިރު، ނީ ބުރުޒުމަގު، ސިނަމާލެ 01 ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮތް ކާރެއްގައެވެ.

ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރެވުނު މި ދެ މީހުންނަށް ކުރިން ދީފައިވާ 15 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން، އަލުން ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ލިބިފައިވާ މަޢުލޫމާތުގެ ދަށުން، މި ހާދިސާ ހިނގާފައިވަނީ ދެ ގްރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ކަމަށްވާއިރު، މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.