އަލިފާނުގެ ހާދިސާއާ ގުޅިގެން ސަމާލުވުމަށް އިލްތިމާސް ކޮށްފި

އަލިފާނުގެ ހާދިސާއާ ގުޅިގެން ސަމާލުވުމަށް އިލްތިމާސް ކޮށްފި

Author
ހުސައިން
12 ޑިސެމްބަރ 2024 09:06
0

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާ ހުންނަ އިމާރާތުގައި މިއަދު ހެނދުނު އަލިފާން ރޯވުމާ ގުޅިގެން މުޅި މާލެ ތެރެއަށް ދުމުގެ އަސަރު ކުރަމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ބައެއް އިމާރާތްތަކުން މީހުން ވަނީ ބަދަލުކުރެވިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން މިކަމުގައި އާންމުންނަށް އިރުޝާދު ދެމުން ވިދާޅުވެފައިވަނީ ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުނިކުތުމަށާއި، ނުކުންނަން ޖެހިއްޖެނަމަ އަނގައާއި ނޭފަތް ނިވާކުރުމަށެވެ. އަދި ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދުކުރުމަށްވެސް އެޖެންސީން ވަނީ އިރުޝާދު ދެއްވާފައެވެ.

ޚާއްޞަކޮށް ނޭވާލާ ނިޒާމާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ދުމުގެ ސަބަބުން ނޭދެވޭ އަސަރު ބޮޑަށް ކުރުން އެކަށީގެންވާކަމަށް އެޗްޕީއޭއިން ފާހަގަކޮށްފައި ވެއެވެ. އަދި ނޭވާ ކުރުވުމާއި، ނޭވާލާން އުނދަގޫވުމާއި، ގަދަޔަށް ކެއްސުމާއި، ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯދުމަށް އިލްތިމާސްކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.