ބަރުބަރީ މިސްކިތް ތަޅާލުމަށްފަހު އެތަނުގައި ތިން ބުރީގެ އައު މިސްކިތެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން "އަލިސާފު" ނަމަކަށް ކިޔާ ކުންފުނިން އަމިއްލަ ޚަރަދުގައި އަޅާ މިސްކިތުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.
މި އައު މިސްކިތަކީ ޓެރަހެއް ހިމެނޭ ތިން ބުރީގެ އިމާރާތެއް ކަމަށްވާއިރު، އެއްފަހަރާ 830 މީހުންނަށް ނަމާދުކުރެވޭ ވަރުގެ ޖާގަ މި މިސްކިތުގައި ހުންނާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން، ސަރުކާރުން ވަނީ މާލެ، ހުޅުމާލެ 2 އަދި 3، ހއ. އިހަވަންދޫ، ހދ. ނޮޅިވަރަންފަރު، ރ. އަލިފުށި އަދި ސ. ހުޅުދޫގައި އަމިއްލަ ފަރާތްތަކުގެ އެހީގައި އިތުރު 9 މިސްކިތް އިމާރާތްކުރުމުގެ ހުއްދަ ދީފައެވެ. އަދި މި މަޝްރޫޢުތަކާ އެކުގައި، ސަރުކާރުން ދަނީ 25 މިސްކިތެއް މަރާމާތުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓު ފޮނުވާ