އުތުރުތިލަފަޅުގައި ކުރިއަށްގެންދަން ރޭވި ދަނޑުވެރިކަމުގެ މަޝްރޫޢު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި

އުތުރުތިލަފަޅުގައި ކުރިއަށްގެންދަން ރޭވި ދަނޑުވެރިކަމުގެ މަޝްރޫޢު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި

ގުޅުންހުރި

ދަނޑުވެރިކަމުގެ ޒޯނެއް ގާއިމުކުރުމަށް އުތުރުތިލަފަޅުގައި ކުރިއަށްގެންދަން ރޭވި މަޝްރޫޢު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފިއެވެ.

އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް އަދި ނޭވަލް ބަނދަރެއް ތަރައްގީކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އިންޑިއާއާ ހަވާލުކޮށްފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން މި އަހަރުގެ މާޗު 28 ގައި ވަނީ އުތުރުތިލަފަޅުގެ ވަކި ހިސާބެއްގައި 200 ހެކްޓަރުގެ ދަނޑުވެރިކަމުގެ ޒޯނެއް ތަރައްގީކުރުމުގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކޮށްފައެވެ.

މި މަޝްރޫޢު ހިންގަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވަލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ) އިންނެވެ. މިއީ އެސްޓީއޯ، އެމްޕީއެލް، އެމްޓީސީސީ، އެމްއޭސީއެލް އަދި އެޗްޑީސީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ އެކެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ވަރުގަދަކޮށް، މޭވާއާއި ތަރުކާރީ އަދި ޕޯލްޓްރީ އުފެއްދުން އިތުރުކުރުމާއެކު އިމްޕޯޓަށް ބަރޯސާވާ މިންވަރު މަދުކުރުމެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ބައެއް މީޑިއާތަކަށް މައުލުމާތު ދެއްވަމުން ވިދާޅުވެފައިވަނީ މި މަޝްރޫޢު މާލެ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މި ސަރަހައްދުގައި ލޮޖިސްޓިކް ވަސީލަތްތައް ގާއިމުވެފައި ހުރުމާއި، ގިނަ ބަޔަކު އުޅޭ ސަރަހައްދަކަށްވުމުން އެންމެ ބޮޑު ޑިމާންޑެއް އޮންނާނެކަމަށް ބެލެވޭތީއެވެ.

މި މަޝްރޫޢުގެ ދަށުން ދަނޑުވެރިކަމުގެ ބާވަތްތަކާއި، ދަނޑުވެރިކަން ކުރުމުގައި ބޭނުންކުރާ ތަކެތި ޑިސްޓްރިބިއުޓްކުރާ ސެންޓަރެއްގެ ގޮތުގައި ދަނޑުވެރިކަމަށް ޚާއްޞަ ޒޯނެއް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. އަދި މޭވާއާއި ތަރުކާރީ އަދި ދަނޑުވެރިކަމަށް މީހުން ތަމްރީނުކުރާ ބަޔަކު ވެސް މި މަޝްރޫޢު ނިމޭއިރު ތިބޭނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ