މާލޭ މަގުމަތު ފެނުނު ކުޑަކުއްޖަލު ފުލުހުންގެ އެހީތެރިކަމާއެކު އާއިލާއާ ހަވާލުކޮށްފި

މާލޭ މަގުމަތު ފެނުނު ކުޑަކުއްޖަލު ފުލުހުންގެ އެހީތެރިކަމާއެކު އާއިލާއާ ހަވާލުކޮށްފި

Author
ހުސައިން
28 ނޮވެމްބަރ 2024 11:36
0

މަގުމަތިން ފެނުނު ކުޑަކުއްޖަކު ފުލުހުންގެ އެހީތެރިކަމާއެކު އާއިލާއާ ހަވާލުކޮށްފިއެވެ. ފުލުހުންގެ ފަރާތުން މި މައުލޫމާތު ކޮށްފައިވިނަމަވެސް، މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ފެތުރެމުންދާ ފޮޓޯތަކުން ދައްކާގޮތުގައި، މި ކުއްޖާ ފެނުނު އިރު އިނީ އިމާރާތެއްގެ ދޮރުމަތީގައި އިށީނދެގެންނެވެ. އަދި ފޮޓޯތަކުން ފާހަގަވާގޮތުގައި އެ ކުއްޖާގެ ހާލަތު ފެންނަ ފެނުމަށް ގޯހެއް ނޫނެވެ. މި ކުއްޖާ ފެނުމާއެކު، އެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެކުއްޖާގެ އާއިލާއާ ގުޅުމަށް މަސައްކަތްކޮށް، ވަނީ އާއިލާއާ އެކުއްޖާ ހަވާލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.