ހުޅުމާލޭގައި ބަރަހަނާކޮށް އުޅުނު މީހާ އާއިލާއާ ހަވާލުކޮށްފި

ހުޅުމާލޭގައި ބަރަހަނާކޮށް އުޅުނު މީހާ އާއިލާއާ ހަވާލުކޮށްފި

Author
އަހުމަދު
26 ނޮވެމްބަރ 2024 04:11
0

ހުޅުމާލެ ސްކޭޓް ޕާކް ސަރަހައްދުގައި ބަރަހަނާ ހާލުގައި އުޅުނު މީހާ އާއިލާއާ ހަވާލުކޮށްފިއެވެ.

ހުޅުމާލެ ރެޑްބުލް ސްކޭޓް ޕާކް ސަރަހައްދުގައި ފިރިހެނަކު ބަރަހަނާކޮށް ހިނގައި ސިނގިރޭޓު ބޯ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ އާންމުވެފައެވެ. ފުލުހުން އެ ވަގުތު އެމީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައެވެ.

ފުލުހުން ބުނީ އެ މީހާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.