ރާއްޖެ އަބަަދުވެސް އޮންނާނީ ލުބުނާމުގެ ރައްޔިތުންނާ އެކީ: ރައީސް

ރާއްޖެ އަބަަދުވެސް އޮންނާނީ ލުބުނާމުގެ ރައްޔިތުންނާ އެކީ: ރައީސް

Author
ހުސައިން
22 ނޮވެމްބަރ 2024 06:28
0

މިދިޔަ ފަހުން ލުބްނާނުގެ މިނިވަން ދުވަހާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ނަޖީބަ\ށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މެސެޖުގައި ރައީސް، ލުބްނާނުގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވަމުން، ދެޤައުމުގެ ދެމެދުގައި އޮތް އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމުގެ އުންމީދު ފާޅުކުރެއްވިއެވެ. އަދި މިވަގުތަކީ ލުބްނާނަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްކަން ފާހަގަކުރައްވަމުން، އެޤައުމުގެ އަޚުންނާއި އުޚުތުންނާއެކު ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މީގެއިތުރުން ރައީސްގެ މެސެޖުގައި ލުބްނާނުގެ ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގަތުމާއެކު، އެޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށްވެސް އެދިވަޑައިގެންފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.