ޑްރަގުގެ މައްސަލައެއްގައި ބެންކޮކުން ދިވެއްސަކު ހައްޔަރުކޮށްފި

ޑްރަގުގެ މައްސަލައެއްގައި ބެންކޮކުން ދިވެއްސަކު ހައްޔަރުކޮށްފި

Author
އަހުމަދު
17 ނޮވެމްބަރ 2024 12:48
0

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ތައިލެންޑްގެ ވެރިރަށް ބެންކޮކުން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

ޕްރޮޓީން ސަޕްލިމެންޓް ދަޅެއްގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރީ ކާކު ކަމެއް ނާކޮޓިކްސް ކޮންޓްރޯލް ބޯޑް (އޯއެންސީބީ) އިން ހާމައެއް ނުކުރެއެވެ. އޯއެންސީބީން ބުނީ ނަން ހާމަ ނުކުރީ ނެޓްވޯކާ ގުޅުން ހުރި އެހެން މީހުން ދެނެގަންނަން ޖެހޭތީ ކަމަށެވެ.

ހައްޔަރުކުރި މީހާ އަތުން ފެނުނީ ދިވެހި މީހާގެ އަތުން ފެނިފައިވަނީ 2.9 ކިލޯގްރާމްގެ މެފެޑްރޯން (މެފް)އެވެ.

ގެ އޮފީހުގެ ސެކްރެޓަރީ ޖެނެރަލް ޕަނޫރަތު ލަކްބޫން ވިދާޅުވީ މިދިޔަ ޖޫން މަހު ވެސް ޕޮލެންޑުން ކޮފީ ކެޕްސޫލްތަކެއްގައި ފޮރުވާފައި ހުރި 840 ގްރާމްގެ މެފެޑްރޯނާ އެކު ރަޝިއާ މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ތައިލެންޑުގެ ނާކޮޓިކްސް ކޮންޓްރޯލް ބޯޑުން ވަނީ ތަހުގީގު ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.