ހުޅުމާލޭގައި ކާރެއް ތެރޭގައި ރަހީނުކުރި ދިވެއްސަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ކާރެއް ތެރޭގައި ރަހީނުކުރި ދިވެއްސަކު ހައްޔަރުކޮށްފި

Author
އަހުމަދު
12 ނޮވެމްބަރ 2024 03:44
0

ހުޅުމާލޭގައި ކާރެއް ތެރޭގައި ދިވެހި ފިރިހެނަކު ރަހީނު ކުރި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ މާލެ، ދަފްތަރު ނަންބަރު 9022 ތަލާލް މޫސާއެވެ.

ފުލުހުން ބުނި ގޮތުގައި އެމީހާ ހައްޔަރު ކުރީ ހުޅުމާލެ އޯކިޑްމާ ހިނގުމުގައި ކާރެއް ތެރޭ ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް ބިރުދައްކައި، އެ މީހާގެ އާއިލާ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑް ކުރި މައްސަލައާ ގުޅިގެންނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ފަހުން ހުޅުމާލެ ހިޔާ ފްލެޓެއްގައި ދިވެއްސަކު ރަހީނުކޮށްފައި ހުއްޓާ ވަނީ ސަލާމަތްކޮށްފައެވެ. އެ މައްސަލައިގައި 12 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.