މީހަކު ރަހީނުކުރި މައްސަލައިގައި 12 މީހުން ބަންދަށް

މީހަކު ރަހީނުކުރި މައްސަލައިގައި 12 މީހުން ބަންދަށް

Author
އަހުމަދު
09 ނޮވެމްބަރ 2024 01:52
0

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކުރި 12 މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރު ކުރި 12 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ތިން މީހަކު ފަސް ދުވަހަށް އަދި ނުވަ މީހުން ހަތް ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ފޮޓޯ އާއި ވަނަވަރެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

އެޗް9-20-11 ގަދަބާރުން ވަދެގަތް އިރު، ރަހީނުކުރި މީހާގެ ބޯ ވަނީ ބާލައިފައެވެ. އަދި އޭނާ އިނގިލިތައް ވަނީ ބުރިކޮށްލަން ތައްޔާރުވެފައެވެ.

އެއީ ޑްރަގްގެ މައްސަލައެއްގައި ފުލުހުން އެކި ފަހަރުމަތިން ރެއިޑް ކުރި އެޕާޓްމަންޓެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.