ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކޮމްޕިއުޓަރާ ލެޕްޓޮޕް ހަދިޔާކޮށްފި

ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކޮމްޕިއުޓަރާ ލެޕްޓޮޕް ހަދިޔާކޮށްފި

Author
ހުސައިން
07 ނޮވެމްބަރ 2024 09:45
0

ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކޮމްޕިއުޓަރާ ލެޕްޓޮޕް ހަދިޔާކޮށްފިއެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 80 ކޮމްޕިއުޓަރު ސިސްޓަމާއި 20 ލެޕްޓޮޕް ރާއްޖޭގެ ފަރާތުން ޑރ. ހަލީލާ ޙަވާލުކޮށްދެއްވީ ޗައިނާގެ ސަފީރު ވަން ލީޝިންއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ހަލީލް ވިދާޅުވީ މި ހަދިޔާގެ ސަބަބުން ސަރުކާރުގެ ޓެކްނިކަލް ޕާފޯމަންސް އިތުރުވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށެވެ. އަދި މި ހަދިޔާއަށްޓަކައި ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

ޗައިނާއަކީ ރާއްޖެއަށް އަބަދުވެސް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ. މީގެ ކުރިންވެސް ކޮމްޕިއުޓަރާއި ލެޕްޓޮޕް ފަދަ އިލެކްޓްރޯނިކް ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައިވެއެވެ. ރާއްޖެއިން ވަނީ ދެ ޤައުމުގެ ދެމެދުގައި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކޮށް، ރައްޔިތުންނަށް ފައިދާ ހުރި އިތުރު މަސައްކަތްތަކެއް ކުރުމަށް ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.