ސައްހަ ނޫން ފައިސާއިން މުއާމަލާތްކުރި 2 މީހަކު ހައްޔަރުކޮށްފި

ސައްހަ ނޫން ފައިސާއިން މުއާމަލާތްކުރި 2 މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
31 އޮކްޓޯބަރ 2024 01:18
0

ސައްހަ ނޫން ފައިސާ އިން މުއާމަލާތް ކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ.ތިމަރަފުށީ ސަލްވާ، ޢުމުރުން 25 އަހަރުގެ ޢައިޝަތު ޝިޒުނީއާއި ސ.ހިތަދޫ އަތަމާވިލާ އުމުރުން 29 އަހަރުގެ މަޢުޒޫ މުޙައްމަދެވެ.

މި ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެދެމީހުން 30 ދުވަހަށް ބަންދުކުރުމަށް ފުލުހުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މިމަހުގެ 29 ވަނަ ދުވަހު ހުށައެޅުނު މައްސަލައަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދެމީހުން ބަލައިފާސްކުރިއިރު 500 ރުފިޔާގެ ސައްޙަ ނޫން 24 ނޫޓު ފެނިފައިވާކަމަށެވެ.

ފުލުހުން ބުނީ މިމައްސަލަ ފުލުހުން ތަޙުގީގު ކުރަމުންދާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.