ވޭތުވެދިޔަ މަހު އިސްރާއީލުން ހަސަން ނަސްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން، ލުބުނާނުގެ ހިޒްބުﷲ ޖަމާޢަތުގެ އައު ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ނައިމް ޤާސިމް ޢައްޔަންކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ހިޒްބުﷲ ޖަމާއަތުން ނެރުނު ބަޔާނެއްގައެވެ.
ހިޒްބުﷲގެ ސީނިއަރ ކައުންސިލުން ބުނެފައިވަނީ މި ނިންމުން ނިންމާފައިވަނީ އެ ޖަމާޢަތުގެ ލީޑަރޝިޕް ހޮވުމުގެ އުސޫލާ އެއްގޮތަށެވެ. ޤާސިމް އަކީ ކީރިތި ރަސޫލާގެ "އަސްލު އިސްލާމްދީނަށް" އަދި ހިޒްބުﷲގެ މައިގަނޑު އަސާސްތަކަށް ތަބާވާ މީހެއްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ކުރިން ޤާސިމް ހުރީ ހެޒްބޮއްލާގެ ދެވަނައަށް އެންމެ އިސް މީހެއްގެ ގޮތުގައެވެ. މި މަހުގެ ކުރީކޮޅު، އޭނާ އިސްރާއީލީންނަށް ގޮވާލީ ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށް ނުވަތަ "ވޭން" އިޙްސާސްކުރަން ޖެހޭނެ ކަމަށެވެ.
މިއީ އިސްރާއީލަށް އިތުރަށް އަދި ފުންކޮށް ހަމަލާދިނުމަށް އެ ޖަމާޢަތުން ގެނައި ސްޓްރެޓެޖީކު ބަދަލެއް ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ