ޓެކްސް އެޕީލް ޓްރައިބިއުނަލުން އައްޔަން ކުރާ ހަތަރު ބޭފުޅުންނަށް ރުހުން ދީފި

ޓެކްސް އެޕީލް ޓްރައިބިއުނަލުން އައްޔަން ކުރާ ހަތަރު ބޭފުޅުންނަށް ރުހުން ދީފި

Author
ހުސައިން
24 އޮކްޓޯބަރ 2024 03:37
0

ޓެކްސް އެޕީލް ޓްރައިބިއުނަލުން ހުސްވެފައިވާ މަގާމްތަކަށް ހަތަރު ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި މަގާމުތަކަށް އާންމުކޮށް އިއުލާންކުރުމުން 13 ބޭފުޅަކު ކުރިމަތިލެއްވި އިރު، ޖުޑީޝަރީ ކޮމިޓީން އެ ނަންތައް ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، މިއަދު ވަނީ ވަކިވަކިން ހުރިހާ ނަމަކަށް ވޯޓަށް އަހާފައެވެ.

މަޖިލީހުން ރުހުން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި، އިބްރާހިމް ޝަރީފް، ހަސަން ޒުހައިރު މުހައްމަދު އަދި ޝިފްޒާ އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މި މަގާމުތައް ހުސްވެފައިވަނީ، އެ ޓްރައިބިއުނަލްގެ މެމްބަރުންގެ މައްސަލަތަކެއް ބެލުމަށްފަހު، މެންބަރު އިސްމާއީލް ސާޖިދު ފިޔަވައި އެހެން ހަތަރު މެމްބަރުން މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. މި މެމްބަރުން މަގާމުން ވަކިކުރެވުނީ މަޖިލީހުން އެކަން ފާސްކުރުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.