ނޮޅިވަރަންފަރުގައި އަޅާފައިވާ ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ބާޠިލްކުރަން އޭސީސީން އަންގައިފި

ނޮޅިވަރަންފަރުގައި އަޅާފައިވާ ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ބާޠިލްކުރަން އޭސީސީން އަންގައިފި

Author
ހުސައިން
24 އޮކްޓޯބަރ 2024 03:21
0

ނޮޅިވަރަންފަރުގައި އަޅާފައިވާ ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ބާޠިލްކުރަން އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަނުން އަންގައިފިއެވެ. މިއީ މީގެ 12 އަހަރު ކުރިން އަޅަން ފެށި 100 ހައުސިންގ ޔުނިޓްގެ ތެރެއިން ރަށުގެ ރައްޔިތުންނަށް 75 ޔުނިޓާއި އަދި ރަށަށް ބަދަލުވި މީހުންނަށް 25 ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

މި މައްސަލަ ކޮމިޝަނުން ބެލުމަށް މެދުވެރިވީ ރަށުގެ 279 ރައްޔިތުން ހުށަހެޅި ޕެޓިޝަނަކާ ގުޅިގެންނެވެ. އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ކަންކަން ބެލުމަށްފަހު، ކޮމިޝަނުން ނިންމީ މިހާރު އެކުލަވާލާފައިވާ އުސޫލުގެ ސަބަބުން ފޯމު ހުށަހެޅި ފަރާތްތަކުގެ ޤާނޫނީ ޙައްޤުތަކަށް އުނިކަން އަތުވެދާނެކަމަށެވެ. އަދި މިހާރު އޮތް އުސޫލުގެ ދަށުން ފޯމުތައް އަލުން އިވެލުއޭޓްކުރުމަކީވެސް އިންސާފުވެރި ގޮތެއް ނޫންކަމަށް ކޮމިޝަނުން ދެކެއެވެ.

އެހެންކަމުން، މިހާރު އިޢުލާންކޮށްފައިވާ ވަގުތީ ލިސްޓު ބާޠިލުކޮށް، އުސޫލު އިޞްލާޙުކުރުމަށްފަހު އަލުން އިޢުލާންކުރުމަށް ކޮމިޝަނުން ވަނީ އަންގާފައެވެ. މި އެންގުމާ އެއްގޮތަށް ޢަމަލުނުކޮށްފިނަމަ ކޮމިޝަނަށް ލިބިދީފައިވާ ބާރުގެ ދަށުން ފިޔަވަޅު އަޅާނެކަމަށްވެސް ވަނީ އިންޒާރުދީފައެވެ.

މި މައްސަލައާ ގުޅޭ ނިންމުން ވަނީ ނޮޅިވަރަންފަރު ކައުންސިލާއި، ހައުސިންގ މިނިސްޓްރީއާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި މައްސަލަ ހުށަހެޅި ފަރާތްތަކާ ހިއްސާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.