ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމްތަކަށް 4 ނަމެއް މަޖިލީހަށް ފޮނުއްވައިފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަގާމްތަކަށް 4 ނަމެއް މަޖިލީހަށް ފޮނުއްވައިފި

Author
ހުސައިން
22 އޮކްޓޯބަރ 2024 12:10
0

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ ހަތަރު މެންބަރުންގެ މަޤާމަށް އައްޔަންކުރަން ބޭނުންފުޅުވާ ބޭފުޅުންގެ ނަންފުޅުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ. މި ނަންފުޅުތައް އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ރައީސް ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ.

ޓްރައިބިއުނަލްގެ މެންބަރު މަޤާމުތައް ހުސްވެފައިވަނީ އިންސާފުވެރިކަމާމެދު ސުވާލު އުފެދިގެން މައްސަލަ ހުށަހެޅި މެންބަރު ފިޔަވައި އެހެން ހުރިހާ މެންބަރުން ވަކިކުރުމަށް މަޖިލީހުން ނިންމުމާ ގުޅިގެންނެވެ. މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލުމުން، 13 ބޭފުޅުން ވަނީ ކުރިމަތިލައްވާފައެވެ.

ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ހަސަން ޒުހައިރު މުޙައްމަދު، އާއިޝަތު އާދަމް، އިބްރާހިމް ޝަރީފް، ޝިފްޒާ ޢަބްދުލްޤައްޔޫމް، އަޙްމަދު ސަޢީދު، ޢަބްދުﷲ ޢަބްދުލްޙަކީމް އަޒާން، މުޙައްމަދު އަމީން ޒާހިރު، މުޙައްމަދު ފާރިސް ތޯހާ، ޢަބްދުލްޣަނީ މުޙައްމަދު، އަޙްމަދު ޢަލީ، ޢަލީ ރިޟާ އިސްމާޢީލް، ފާޠިމަތު ޝަފީނާޒް އަދި މަޖީދު ޢަލީ ހިމެނިވަޑައިގަންނަވައެވެ. މި ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅުން ހޮވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.