ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

Author
އަހުމަދު
21 އޮކްޓޯބަރ 2024 04:28
0

ވ. އަަތޮޅުގައި އޮންނަ ސިނަމަން ވެލިފުށި މޯލްޑިވްސް ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.

އެ ހާދިސާގައި ގެނބިގެން މަރުވީ އުމުރުން 64 އަހަރުގެ ބެލަރޫސްގެ އަންހެނެކެވެ.

ފުލުހުން ބުނީ އެ އަންހެން މީހާ ވ. ފެލިދޫ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެ ފަތުރުވެރިޔަކު ވަނީ މަރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.